ކިހިލިފަތް ޝޭވް ކުރަންތަ، ކޮންމެދުވަހަކު އިންސާނެއްގެ ކިހިލިފަތްދޮށުގަ 10 ބިލިއަން ޖަރާސީމު އުފެދޭއެވެ. މިހެންބުނެފިނަމަ ގަބޫލު ކުރެވޭނެ ހެއްޔެވެ. ނަމަވެސް މިއީ ސައިންސްގެ އަލީގައި މިކަން ހިގާގޮތެވެ. ސުވާލަކީ ކިހިލިފަތް ސާފްކުރާ މިންވަރު އިތުރުވެއްޖެނަމަ ޖަރާސީމު މަދުކުރެވިދާނެބާއެވެ.
ކިހިލިފަތްދޮށުގަ ޖަރާސީމު އުފެދެނީ "ކެންޑިޑާ ނަމަކަށް ކިޔާ ޔީސްޓެ"އްގެ ސަބަބުންނެވެ. އޭގެ ސަބަބުން ކިހިލިފަތް އހިރުވުމާއެކު އުދަނގޫތައް އިތުރުވެއެވެ. "އާމްޕިޓް ޔީސްޓް" އިންފެކްޝަންތަކުން ސަލާމަތްވެވޭނީ ކިލިފަތް ސާފުތާހިރުކޮށް ފެންހިއްކާފައި ތެތްކަން ނުއުފެދޭ ގޮތަށް ބެހެއްޓުމުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ކިހިލިފަތްދޮށުގަ ޖަރާސީމު އުފެދުން ވޭންހުރި ބައްޔެއް
އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދުމަކީ ވަރަށް ގިނަ ހާލަތްތަކެއްގައި ދިމާވާކަމެކެވެ. އާދަޔާ ޚިލާފަށް ޖަރާސީމް އުފެދެނީ ބޮލާއި އިސްތަށިގަނޑާއި ގައިގެ ހަންގަނޑުގައެވެ. ހާއްސަކޮށް އިސްތަށިފަޅާ ސަރަހައްދުތަކުގައި ޖަރާސީމު އަށަގަންނަ މިންވަރު އިތުރުކަމަށް ޑރ. ވިދާޅުވެއެވެ. އަދި ޖަރާސީމު މަދުކުރުމަށް ކުރެވޭނެ ކަންތައްތައްވެސް ހުރެއެވެ.
ކިހިލިފަތްދޮށުގަ އުފެދޭ ޖަރާސީމު މަދުކުރުމަށް ކުރެވޭނެ ކަންތައްތަކަށްބަލާއިރު، ކިހިލިފަތް ދޮށުގައި އުފެދޭ ޖަރާސީމު މަދުކުރުމަށް ޝޭވް ކުރުމާއި ހަންގަނޑާއި ގުޅޭ އެކި ޒާތްޒާތުގެ ކްރީމް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ނުގުޅޭ ކްރީމްއެއް ބޭނުން ކުރެވިއްޖެނަމަ ނުރައްކާތެރި ހާލަތާއި ބައެއްފަހަރު ކުރިމަތިލާން ޖެހެއެވެ. އަދި ނުބައިވަސް ހަރުލައެވެ. މީގެސަބަބުން މީހާ ދާހިއްލުމުން އިތުރުވުމާއި ހަށިގަނޑުގެ ވަސްނުބައިވާން މެދުވެރިވެއެވެ.
ސާފުތާހިރުކަމުގެ ރަނގަޅު އާދަތައް ހަރުލެވިއްޖެނަމަ ޖަރާސީމު އުފެދޭ މިންވަރުވެސް ދުރުކޮށްދެއެވެ. ކިހިލިފަތް ދޮށުގައި އުފެދޭ ޖަރާސީމް ނައްތާލުމަށް ފަރުވާ ކުރެވިދާނެއެވެ.
މިގޮތުން ޓޮޕިކަލް އެންޓިފަންގަލް ކްރީމް، އޮއިންޓްމަންޓްސް، ނުވަތަ ޕައުޑަރު މިއީ ގިނަ ފަހަރަށް ފަރުވާގެ ފުރަތަމަ މަރުހަލާއެވެ. ޖަރާސީމުގެ ސީދާ އަސަރުކުރާ ސަރަހައްދަށް މިފަރުވާ ބޭނުން ކުރެވިދާނެއެވެ. އޭގެ ތެރޭގައި ކްލޮޓްރިމަޒޯލް (މައިސެލެކްސް)، މިކޯނަޒޯލް (މޮނިސްޓެޓް) އަދި ޓިއޯކޮނަޒޯލް (ވަގިސްޓެޓް) ހިމެނެ އެވެ. މިއަށްވުރެ ސީރިއަސް ނުވަތަ ދެމެހެއްޓެނިވި އިންފެކްޝަންތަކަށް މިތަކެތި ކަނޑައެޅިދާނެއެވެ. މިސާލަކަށް ފްލޫކޮނަޒޯލް ނުވަތަ އިޓްރަކޮނަޒޯލް ހިމެނެއެވެ.
ބޭހުގެ އިތުރުން، މި ޖަރާސީމުގެ ފަރުވާއަށް ރައްކާތެރިވުމަށް ވެސް އެހެން ގޮތްތައް ބޭނުން ކުރެވިދާނެ އެވެ.

