މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތް ހާމަކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރައި، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް މަޑުވާނެ ކަމަށާއި، ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުއެވެ. އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުއެވެ.

