ސިނަމާލެ ބުރިޖް އެއާޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބުރިޖް އެއާޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު 5:25 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި، އެއީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

