ހުޅުމާލެ ޓްރެފިކް ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ އަޙްމަދު ފާރިޝް، ތ. ބުރުނި / އަހިމާގެ (36އ) އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ހުޅުމާލެ ޓްރެފިކް ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
ހާޒިރުވާން އަންގާފައިވަނީހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، މި މަހުގެ 28 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.

