ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ހޭންވޭރު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންވާ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުވާ މީހެކެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ހއ. ފިއްލަދޫ / ލޫވަރ، ޢިމްރާން މުޙައްމަދު (32އ) އެވެ.
ޢިމްރާން މުޙައްމަދު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9400054 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

