ވިކްޓާ ޖުކަރޭޝްގެ ހަތަރު ގޯލާއި އެކު ސުވިޑެން އިން އަޒަރްބައިޖާން ބަލި ކޮއްފިއެވެ. ނޭޝަންސް ލީގުގައި ސުއިޑެން އާއި އަޒަރްބައިޖާން ވާދަކުރި މެޗު ސުވިޑެން ކާމިޔާބުކުރީ 6-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ގައި ސުވިޑެންގެ ވިކްޓަ ޖުކަރޭޝް ހަތަރު ގޯލް ސުވިޑެންއަށް ކާމިޔާބު ކޮއްދިން އިރު ސުވިޑެންގެ އަނެއް ދެ ގޯލް އެ ޓިމަށް ޖަހާދިނީ ކުލުސެވްސްކީ އެވެ. ޖުކަރޭޝް މިމެޗުގައި ޖެހި ހަތަރު ގޯލާއިއެކު މި ސީޒަންގައި ޖުކަރޭޝް ޖެހި ގޯލުގެ އަދަދު މިވަނީ 32 އަށް އަރާފައެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސްޕޯޓިންގެ ފޯވާޑް ހޯދުމައްޓަކައި ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިމެޗުން ލިބުނު މޮޅާއެކު ސުވިޑެން ގުރޫޕުގެ އެއްވަނައިގައި 16 ޕޮއިންޓާއި އެކީ އޮތްއިރު މެޗުން ބަލިވި އަޒަރްބައިޖާން ގުރޫޕުގެ ހަތަރު ވަނައިގައި އޮތީ 1 ޕޮއިންޓް އާއި އެކީއެވެ.

