ބޮޑުކަންނެލި މަސްވެރިކަމަށް އައު ޕެކިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ކަނޑުމަހުގެ މަސްވެރިކަމަށް ބޮޑު އިންވެސްޓުމެންޓުތައް ކުރިއަށް ގެންދާއިރު ބޮޑުކަންނެލި މަސްވެރިކަމަށް ވެސް އެ ވުޒާރާއިން ދަނީ މުހިންމު ކަންކަން ރާވައި ތަންފީޒު ކުރަމުން ކަމަށް ބުނެއެވެ.
ބޮޑު ކަންނެލި މަސްވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެކިންގ ފެސިލިޓީއެއްގެ ޚިދުމަތް ނުލިބުން ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް ޓަކައި ޕެކިން ފެސިލިޓީއެއް އެޅުމަށް ހުޅުމާލެ ފޭސް އެކަކުން 20 ހާސް އަކަފޫޓުގެ ބިމެއް ރައީސް ޑރ. މުޢިއްޒު ވަނީ ކަނޑައަޅުއްވާފައި ކަމަށް ވެސް ބުނެއެވެ.
އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ ފެސިލިޓީ ބިނާކުރުމަށް ފަންޑު ވެސް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މަސްވެރި ވުޒާރާއިން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް އެ ފެސިލިޓީ ނިންމާ އޭގެ ފައިދާ ބޮޑުކަންނެލީގެ މަސައްކަތް ކުރާ ފަރާތްކަށް ލިބުން ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފަެވެ.

