ނޭޝަންސް ލީގުގައި ވަރުގަދަ ނެދަލެންޑަކަށް ބޮސްނިޔާ ބައްޔެއް ނުކުރެވުނެވެ. ނޭޝަންސް ލީގުގައި ބޮސްނިޔާ އާއި ނެދަލެންޑްސް ވާދަކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މިމެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ ނެދަލެންޑްސް އިންނެވެ. މި ގޯލް މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ބްރެޔަން ބްރޮބީއެވެ.
ފުރަތަމަހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ބޮސްނިޔާގެ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އެޓީމުން ހަމަހަމަ ކުރިއެވެ. މިގޯލް މެޗުގެ 67 ވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ އާމަދިން ދެމިރާވިކްއެވެ.
މި ނަތީޖާއާއި އެކު ނެދަލެންޑްސް ގުރޫޕުގެ ދެވަނައިގައި 9 ޕޮއިންޓާއެކީ އޮތްއިރު ބޮސްނިޔާ ގުރޫޕުގެ ހަތަރު ވަނައިގައި އޮތީ 2 ޕޮއިންޓް އާއި އެއްކޮށެވެ

