ބޮޑުފުށި އައިލެންޑް، މޯލްޑިވްސް އިން "ހޯމްސް ޖޯއަލީ" ގެ ނަމުގައި ޕްރައިވެޓް ގެ ތަކެއް ވިއްކަން އިއުލާން ކޮށްފިއެވެ.
"ހޯމްސް ޖޯއަލީ"ގެ ގެތަކުގެ އަގުތައް ފެށިނީ ފަސް މިލިއަން އެމެރިކާ ޑޮލަރަށް ކަމަށް ޖޯއަލިން ބުނެއެވެ.
އެ ގެތައް ތައްޔާރު ކޮށްފައިވަނީ ކެތެޑްރަލް ފަދަ ސީލިންގްތަކާއި، މޮޒައިކް ފިނިޝިންއާއި، ގުދުރަތީ ލަކުޑިންނެވެ. އަދި ފުޅާ ފްލޯ-ޓު-ސީލިންގ ބިއްލޫރިތަކާއެކުގައެވެ. 230-1700 އަކަ މީޓަރުގެ މި ގެތަކަކީ ޖަޒީރާ ދިރިއުޅުން ވަރަށް ރަނގަޅަށް ރަމްޒު ކޮށްދޭނެ ގެތެއް ކަމަށް އެ ރިސޯޓުން ބުނެއެވެ.

ހޯމްސް ޖޯއަލީ ގެ ނަމުގައި ވިއްކަން ހުޅުވާފައިވާ ޕްރައިވެޓް ގެތައް/ފޮޓޯ: ބޮޑުފުށި އައިލެންޑްސް
ކޮންމެ ރެސިޑެންސެއްގައި ޕްރައިވެޓް ސްވިމިންގ ޕޫލަކާއި، އިންޑޯ އަދި އައުޓްޑޯ ޝަވަރއާއި، ސްޓޭންޑަލޯން ބާތުޓަބް ނުވަތަ ސަންކެން ޓަބްތައްވެސް ހުންނާނެއެވެ.
ބޮޑުފުށި އައިލެންޑް، މޯލްޑިވްސް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެންދެވޭނީ 40 މިނެޓުން ދަތުރެއްގައެވެ. އެތެރޭގަޔާއި ބޭރުގައި ޙާއްސަ ޖާގަތަކާއި، 105 އަކަމީޓަރުގެ ޕްރައިވެޓް ޕޫލަކާއި އެކު އެ ގެއަކީ ޖާގަތަނަވަސް ގެއެކެވެ.
ޖޯއަލީ "އައިލެންޑް ހޯމްސް" ގައި 68 ވިލާތަކާއި ރެސިޑެންސްތަކާއި 39 ޓްރާންސްފޯމޭޝަނަލް ސްޕޭސް ހިމެނޭއިރު، އޭގެ ތެރޭގައި ވަޓްސޫ ޕޫލްސް، ހިމަލަޔަން ސޯލްޓް އިންހެލޭޝަން ރޫމް، ކްރަޔޯތެރަޕީ ޗެމްބަރ، ހާބޮލޮޖީ އަދި ސައުންޑް ހީލިންގ ރޫމެއް ހިމެނެއެވެ.
ކަސްޓަމަރުންނަށް ޖޯއާލީގެ އެކްސްކްލޫސިވް ކޮމިއުނިޓީން ގުޅުމަށް މަރުޙަބާ ކިޔުމުގެ ފުރުޞަތު ލިބުމަކީ އުފަލަކަށްވާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

