ބޭރަށް ހިންގަނީ ކީއްވެ ހެއްޔެވެ. ޑރ. ވިދާޅުވާގޮތުގައި ބޭރަށް ހިންގުމުގެ އާލާމާތްތައް ކުރިމަތިވަނީ އެއީ ހަށިގަނޑަށް ޖަރާސީމެއް އަށަގަތުމުގެ ސަބަބުން ނުވަތަ ކެވޭ ކޮންމެވެސް އެއްޗެއްގެ ސަބަބުންނެވެ. ބައެއްފަހަރު އެކަށީގެންވާ ސާފުތާހިރުކަންނެތުމާއި، ކެއިންބުއިމާއި ކާތަކެތި ގެންގުޅޭއިރު ރައްކާތެރި ނުވުމުގެ ސަބަނުންވެސް މިބަލި ޖެހެންމެދުވެރިވެއެވެ.
އަދި ފެނުގެ ސަބަބުންވެސް ހަށިގަނޑު ތެރެއަށް ވެރިވެވޭ ޖަރާސީމެއްގެ ސަބަބުންވެސް މިބައްޔަށް މީހާ ހުށަހެޅެންޖެހެއެވެ.
ބޭރަށް ހިންގުމުގެ ސަބަބުން ގިނަގިނައިން ފާހަނައަށްދާންޖެހެއެވެ. މިބަލި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސްޖެހެއެވެ. މިއީ އާންމު ބައްޔެކެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލައަށް ފިލައިގެންދާ ބައްޔެއްވެސް މެއެވެ. މިއީ ވަރަށް އާންމު އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އޭގެ އަސަރު ކުރާ ބައްޔަކަށްވާއިރު، ބޮޑެތި މީހުންނަށް އަހަރަކު އެއްފަހަރު ބޭރަށް ހިންގުމާއި ކުރިމަތިލާން ޖެހެއެވެ. ކުޑަކުދިންނަށް އަހަރަކު ދެ ފަހަރު މިބަލިޖެހެއެވެ.
މި ބަލި ރަނގަޅު ނުވެ ދުވަސްވާނަމަ ހުން އައުން ނުވަތަ ބޮޑުކަމުދާއިރު ލޭ އައުންފަދަ އެހެން އަލާމާތްތައް ފެންނާނެއެވެ. ބައެއް ފަހަރު ބޭރަށް ހިންގުމުގެ ސަބަބުން މީހާ ސީރިއަސް ހާލަތަކަށް ދެއެވެ. އޭގެ ސަބަބުން މާ ބޮޑަށް (ޑީހައިޑްރޭޝަން) ވުމަށް ދިމާވެއެވެ. އެހެންކަމުން ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މިކަމަށް އޮތް ހައްލު ކަމަށް ސިއްޙީ މާހިރުން ބުނެއެވެ.
މި ބައްޔަށް ހުށަހެޅިއްޖެނަމަ ފަރުވާ އަވަސްކުރަންޖެހެއެވެ.
ރަނގަޅު ނުވާ ނުވަތަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިގެން ނުދާނަމަ ސިއްހީފަރުވާ ހޯދަންޖެހެއެވެ. ޑީހައިޑްރޭޝަންގެ އަލާމާތްތައް ފެންނަނަމަ، ފަރުވާ ނުލިބި ސީރިއަސްވެދާނެ ނަމަ ސިއްހީ ހިދުމަތް ދޭ ފަރާތަކުގެ ލަފަޔާއެކު ކުރިއަށްދިއުން ވަަރަށް މުހިންމެވެ. ޑރ، އާންމުކޮށް ވިދާޅުވ ގޮތުންނަމަ މި ބައްޔަށް އެންމެ ރަނގަޅު ފަރުވާ އަކީ ލޮނު ޕެކްޓް ބޭނުންކުރުމާއި އެކު ދިޔާތަކެތި ބޭނުން ކުރުމެެވެ.
ބައެއް ބުއިންތަކުގެ ސަބަބުން ބޭރަށްހިންގުން އިތުރަށް ގޯސްވެގެން ދެއެވެ. އެހެންކަމުން މި ބުއިންތަކުން ދުރުވާން ޖެއެހެވެ. އެއީ ކެފެއިން، އަދި ހަކުރު އެކުލެވޭ ބުއިންތަކާއި ކިރުފަދަ ތަކެއްޗެވެ.

