އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު މަރާމާތުކޮށްފައިވާލެއް ފުރިހަމަކަމަށް ތައުރީފު ކުރެއްވުމާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު، ސްޓެލްކޯއަށް ޝުކުރުއަދާ ކުރައްވައިފިއެވެ.
ވަޒީރު ޑރ ޝަހީމު ސްޓެލްކޯއަށް ޝުކުރު އަދާކުރެއްވީ މަސްފެންގަނޑު މަރާމާތުކޮށް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތަކީ، ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި މަހު ފެށި މަސައްކަތެކެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުން………………..ފޮޓޯ: ސްޓެލްކޯ/އެކްސް
އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުން………………..ފޮޓޯ: ސްޓެލްކޯ/އެކްސް
ވަޒީރު ޑރ ޝަހީމު ވިދާޅުވީ، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާ ރީތިކޮށް އެ ސަރަހައްދު އާރާސްތު ކުރެވިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޖަމާވާ ތަނަކަށްވާތީ، ތަނުގެ ފުރިހަމަކަމާއި ނަލަކަމުން އެ ފަރާތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު………………..ފޮޓޯ: ސްޓެލްކޯ/އެކްސް

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު………………..ފޮޓޯ: ސްޓެލްކޯ/އެކްސް
40 އަހަރަށްވުރ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި ވަޒީރު ޝަހީމު ޝުކުރު އަދާކުރެއްވިއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުން………………..ފޮޓޯ: ސްޓެލްކޯ/އެކްސް
މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސައްތައިން ސައްތަ ދިވެހިން މަސައްކަތްކުރާ މި ކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާ ތަން ދެކެން ބޭނުންނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކުގެ ޖަމާލުކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތާރީހާއި ސަގާފަތާ ގުޅިލާމެހިފައިވާ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އެ ފަރާތުގެ އުންމީދު ކަމުގައި ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި މިނިސްޓްރީން ދެއްވި ކަމަށްޓަކައި ފަހުމީ ޝުކުރު އަދާކުރެއްވިއެވެ. އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމާދެއްވި ކަމަށްޓަކައި ކުންފުނީގެ އެ މަސައްކަތުގައި ބައިވެރިވި އެންމެހައި މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

