ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ސަޢީދު އާސިމް މުނީރާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިހާރު ޕާކިސްތާނުގައި ކުރިއަށްދާ “12 ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނަރ”ގެ ހަވާސާގައެވެ.
އެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

