މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 ގެ ތިންވަނަ އެޑިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް (އެމްޓީއޭ)އަކީ 2022 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ތައާރަފު ކުރި އަހަރީ ގައުމީ އެވޯޑެކެވެ.
މިއަހަރު އެޕްލިކޭޝަން ހުޅުވާލާފައި ވަނީ ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކާއި، ޑައިވް ސެންޓަރުތަކަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި އެހެނިހެން ފެސިލިޓީސް ތަކަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމީހުންގެ ކެޓަގަރީގެ ދަށުން https://t.ly/WVwOR މި ލިންކް މެދުވެރިކޮށް އޮންލައިންކޮށް ކުރިމަތި ލެވޭނެ އެވެ.
އެވޯޑް ކެޓަގަރީތަކާއި، ކުރިމަތިލުމުގެ ޝަރުތުތަކާއި އަދި އިވެލުއޭޝަން ކްރައިޓީރިއާ އާއި ބެހޭ އިތުރު ތަފްސީލު މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 – ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
މި އެވޯޑްތަކުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެކިއެކި ފަރާތްތަކުގެ ހިދުމަތުގެ ފެންވަރު ވަޒަންކޮށް، އެފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 28 ވަނަ ދުވަހުގެ މެންދުރު 1 ޖަހާއިރު އެވެ.

