ކޮވިޑް-19 އާއީ ދެކޮޅަށް ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމަށް ހުއްދަ ހޯދަން އެދިއްޖެއެވެ.
ކޮވިޑް ފަތުރާ ވައިރަހުގެ ތަފާތު އެކި ސްޓްރެއިންތައް އުފެދިފައި ވާއިރު، އޭގެ ތެރެއިން މިހާތަނަށް އެންމެ ހަލުވިކަމާއެކު ފެތުރޭ އަދި އެންމެ ބޮޑަށް ބަލިވަނީ ޑެލްޓާ ވޭރިއެންޓުންނެވެ. އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓު ދުނިޔޭގެ ގިނަ ގައުމުތަކަކުން ފެނިފައި ވާއިރު ވެކްސިންގެ ތިންވަނަ ޑޯޒަކުން އިތުރު ރައްކާތެރިކަމެއް މި ވޭރިއެންޓާ ދެކޮޅަށް ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.
ވެކްސިންގެ ތިންވަނަ ޑޯޒަކާއި ގުޅިގެން މިހާރު ކުރިއަށްދާ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ތިން ވަނަ ޑޯޒެއް ޖެހުމުން ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން އުފެދޭ އެންޓިބޮޑީގެ އަދަދު ގާތްގަނޑަކަށް 10 ގުނަ އިތުރުވެ އެވެ.
މީގެ އިތުރުން އިތުރުން ފައިޒާ އަދި ބަޔޯއެންޓެކުން ދަނީ ޑެލްޓާ ވޭރިއެންޓަށް ހާއްސަ ވަކި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

