ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މީހުން ހޭލުންތެރިކަން އިތުރު ކުރުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ބުނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމައްޓަކާ އަންނައަހަރު އަތޮޅު ތެރޭގައި ސެޝަންތައް ހިންގޭނެ ކަމަށެވެ.
ދިވެހި ޗެނެލްއަށް ދެއްވި އިންޓަވިއު އެއްގައި ކޮންޓްރޯލާރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ބިދޭސީން ގެންގުޅޭ ބައެއްމީހުންނަށް ގަވާއިދާ ޙިލާފަށްއުޅޭ ބިދޭސީން ގެންގުޅޭވޭއިރުވެސް ގިނަފަހަރަށް އެއީ ގާނޫނާއި ޙިލާފު ކަމެއް ކަމަށް ނޭގޭ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ގޮސްފައިވާ އިންސްޕެކްޝަންތަކުން ވަރަށް ރަނގަޅަށް މިކަންކަން އެގިފައިވާ ކަމަށާއި، އެހެންކަމުން ބިދޭސީން އެންމެ ގިނައިންއުޅޭ ސަރަހައްދުތަކަށް، ޙާއްސަކޮށް ސިޓީތަކަށް ދިއުމުގެ ޕްލޭން އެއް އެބައޮތް ކަމަށެވެ.
” މީހުންނޭނގޭ އެފަދަ ބިދޭސީން ގެންގުޅޭ އިރު އެގެންގުޅެވެނީ ގަވާއިދާ ޙިލާފަށް ކަމަށް ބިދޭސީން އެވެއާނެސް ޕޮރިގްރާމްތަކެއް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ދަނީ ރާވަމުން” ޝައްމާން
މީގެ ކުރިން ބިދޭސީން މަދު ކުރުމައްޓަކާއި އިމިގްރޭޝަނުން ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން މާލެ ސަހަރައްދުގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުގެ ގޮތުން އިމިގްރޭޝަން ވޮޗް ގެ ނަމުގަ ހިންގި ހަރަކާތުން ގިނަ އަދަދެއްގެ ބިދޭސީންވަނީ އަތުލައިގެންފައި ވެއެވެ.
އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި އެކިއެކި ވިޔަފާރިކުރުމުގައި ގަވާއިދާ ޙިލާފަށް ރާއްޖޭގައި އުޅޭ ގާތްގަޑަކަށް 4000 އެއްހާ ބިދޭސީން ވަނީ އެކި ދުވަސްމަތިން އަތުލައިގެން ޑީޕޯޓްވެސް ކޮށްފައެވެ. “އިމިގްރޭޝަން ވޮޗް”ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރީ 17 ޖުލައިގައެވެ. ޝައްމާން ވިދާޅުވީ، އެ ޕްލެޓްފޯމް ތަޢާރަފު ކުރިފަހުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.

