މަގުމަތިން ދިޔަ މީހަކަށް ވަޅިން ހަމަލާދިނުމަށްފަހު، 6000 ރުފިޔާ ފޭރިގަތް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ހ.ރެދަން، ފަވާޒް ކަޅުތުއްތު (36) އެވެ.
މި މައްސަލާގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ މަގުމަތިން ހިނގާފައިދިޔަ ބިދޭސީއަކަށް ވަޅިން ހަމަލާދިނުމަށްފަހު، 6,000 ރުފިޔާ ފޭރުނު ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ފައިސާ ފޭރިގަތުމަށްފަހު އޭނާ ދުވެފައި ދިޔަ މަންޒަރުގެ ސީސީޓީވީ ފުޓޭޖު ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މީގެކުރިން ވެސް މިބާވަތުގެ ފޭރުމާ ގުޅުންހުރި ރެކޯޑު ހިމެނޭ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

