ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދުއަށް ނިސްބަތްވާ 45 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ހަށިގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ބުލެޓުތަކެއް ފުލުހުން ވަނީ ހޯދާފައެވެ. އެތަކެތީގެ ބަރުދަން ޓްރެފިކިންގ މިންގަނޑަށް އަރައެވެ.
އޭނާގެ ބަންދާމެދު ގޮތެއް މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ 5 ދުވަހަށް ބަންދުކުރުމަށެވެ. އެގޮތަށް ނިންމީ ވަކީލެއްގެ ފުރުސަތަކަށް އޭނާ އެދުމުންނެވެ.
އޭނާގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

