ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ހެނދުނު ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރެއިޑްގައި 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ބައިވެރިވި ވެފައިވާ ކަމަށެވެ. އެގޮތުން 257 ބިދޭސީއަކު ވަނީ ޗެކްކޮށްފަ ކަމަށާއި، އޭގެތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އަދި 22 ފަރާތަކަށް ވަނީ ލިޔުމުން ނޯޓިސް ދީފައި ކަމަށްވެސް ބުނެފައި ވެއެވެ.

