ކޮންމެ ދިރޭ ތަކެއްޗަކީ ވެސް ހިތްގައިމު ދިރުންތަކެކެވެ. އެދިރުންތަކުގެ ތެރެއިން އެކި މީހުން ޝައުގުވެރިވަނީ އެކި އެއްޗެސަށެވެ. އޭގެތެރޭގައި ކަނޑުގެ ދިރުންތަކަށް ޝައުގުވެރިވާ މީހުން ތިބެއެވެ. މި އާޓިކަލްގައި މި ބަލާލަނީ ކަނޑުގެ ޙާއްސަ ދިރުމެއްގެ ވާހަކައަށެވެ. އެގޮތުން ކަނޑުގެ ހާއްސަ ދިރުމުގެ ތެރެއިން ހިމެނޭ އެންމެ ބޮޑު މަހަކީ ކޮބައިކަން ބަލާލަމާ ހިގާށެވެ.
ކޮންމެ އެއްޗެއް ވިޔަސް ތަފާތު ބޮޑުކަން ދެނެގަނެވޭނެ ތަފާތު ގޮތްގޮތް ހުންނާނެއެވެ. އެގޮތުން އުސްމިނާއި، ބަރުދަނާއި، ދިގުމިނުންނެވެ. މިސާލަކަށް އެންމެ ބޮޑު މަހުގެ މައުލޫމާތަށް ބަލާލާއިރު ފެންނަނީ ވެސް އަޖައިބުކުރުވަނިވި ހަގީގަތެވެ. މަހެއްގެ ބޮޑުމިނުގެ ވާހަކަތަކަށް ބަލާއިރު މަސް ބޮޑުކަމުން ދުނިޔޭގެ ގިނަބަޔަކު ހައިރާން ކޮށްލައެވެ. އެއީ އެ މަސް އުފެދިފައިވާ ގޮތާއި، އޭގައި ހުންނަ ސިފަތަކުންނެވެ.
އެންޓާކްޓިކް ބްލޫ ވޭލް (ބެލެނޮޕްޓެރާ މަސްކިއުލަސް އެސްއެސްޕީ އިންޓަމީޑިއާ) އަކީ ދުނިޔޭގައި ވާ އެންމެ ބޮޑު ކަނޑުގައި އުޅޭ މަހެވެ. އެ މަސް ބޮޑުކަމުން އެއަށް އެެންމެ ބޮޑު ޖަނަވާރޭވެސް ކިޔާއުޅެއެވެ. އޭތީގެ ދިގުމިނުގައި 98 ފޫޓު ހުންނައިރު ބަރުދަނުގައި ހަތަރު ލައްކަ ޕައުންޑް ހުންކަމަށްވެއެވެ. އޭގެ ހިތްވެސް ބޮޑު ކާރެއްގެ ސައިޒާ އެއްވަރުވާއިރު އެމަސް ދުވާލަކު ކެއުމަށް ގާތްގަނޑަކަށް 7،936 ޕައުންޑްގެ ކްރިލް ބޭނުންކުރެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަސް
ބްލޫ ވޭލްއާ ބެހޭ އިތުރު ބައެއް ހަގީގަތްތައް
ކަނޑުގެ ޖަނަވާރުގެ ނަމުން ނަންދީފައިވާ މި މަސް އުފެދިފައިވަނީ ޑޯރުޑޮން އިންނެވެ. އެ ޖަނަވާރުގެ އިސްތަށިގަނޑުގެ އެންމެ މައްޗަށް އެނބުރި، ހަރުކަށި ފްލިޕާތައްވެސް ހުރެއެވެ.
މިއީ ޑައިނޯސަރަށް ވުރެ މާ ބޮޑު އެއްޗެއް ކަމަށް ސައިންސްވެރިން ދެކެއެވެ. ބަރުދަނުގައި 70 ޓަނު ހުންނަ ކަމަށްވެއެވެ.

