ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ތ. ކަނޑޫދޫގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.
ކަނޑޫދޫގައި ހިނގި މި ހާދިސާގ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯގައި ފެންނަ ގޮތުގައި، ވޯޓު ފޮށި ކައިރީގައި ދެ މީހަކު ހަމަނުޖެހުން ހިންގާ، އޭގެ ތެރެއިން އެކަކު ގޮނޑިއެއްގެ މައްޗަށް ވައްޓާލާފައިވެއެވެ. އަދި ކައިރީގައި ތިބި މީހުން އެ ދެމީހުން ދުރުކުރަން މަސައްކަތްކުރާ މަންޒަރާއި، ވޯޓު ފޮށި އެ ސަރަހައްދުން ދުރުކުރާ މަންޒަރުވެސް ވީޑިއޯއިން ފެންނަން އެބަހުއްޓެވެ.
މި ހާދިސާއާ ގުޅޭގޮތުން ކަނޑޫދޫ ކައުންސިލްގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ބަހެއް ލޮބޭ ގޮތެއް ނުވިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ވަނީ ރާއްޖޭގެ 18 އަތޮޅެއްގެ 90 ރަށެއްގައި ކުރިއަށް ގެންގި ކުރިއަށް ގެންގޮސްފައެވެ. ޕާޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޖުމްލަ 143 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ވެސް 667 ކެންޑިޑޭޓުން ވާދަކުރާއިރު، ޕާޓީގެ 59 ދާއިރާއަކަށް މެންބަރުން އިންތިހާ ބުކުރެވޭނެއެވެ. އަދި 32 ދާއިރާއެއްގެ މަޤާމުތަކަށް އިންތިހާބެއްގެ ނެތި މެންބަރުން ވަނީ ހޮވިފައެވެ.
ޕީއެންސީން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 34,904 ފަރާތަކަށް ލިބިގެންވެއެވެ. އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ މަހުގެ 19 ވަނަ ދުވަސް ކަމުގައިވީ ނަމަވެސް، އެ ތާރީހު ވަނީ ދެފަހަރެއްގެ މަތިން ފަސް ކޮށްފައެވެ.

