ފުރްޤާން މިސްކިތުގައި ހުރި މުސްޙަފްތައް އުކާލައި، އެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފިއެވެ.
އެކަން ހާމަވާ ފޮޓޯތަކެއް ފޭސްބުކްގައި ހިއްސާ ޝައިޚް އާދަމް ނިޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ފަތިސް ނަމާދު ކުރިން، ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައިވާ ކަމަށެވެ.
މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވި ގޮތުގައި އޭނާ ވަނީ މީގެ ކުރިން އެތައް ފަހަރަކުވެސް މުސްޙަފްތައް އުކާލުމާއި، މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައެވެ.
މީގެއިތުރުން މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯ ޝައިޚް ސުވާލުކުރެއްވިއެވެ. އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު އޭނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާއިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީތޯ ވެސް ސުވާލުކުރެއްވިއެވެ.
މިއީ އިންތިހާއަށް ހިތާމަހުރި ކަންކަން ކަމަށް ޝައިޚް ފާހަގަކުރައްވާފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.

