ހުޅުމާލޭ ސަހަރާ މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހުރި މީހަކާއި، ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހާ ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.
މިިދިޔަ ހުކުރު ދުވަހު މަޣުރިބު ނަމާދުކުރަން ހުއްޓާ އިމާމަށް ހަމަލާދޭން އުޅުނު މައްސަލާގައި ހައްޔަރުކުރީ އދ.ދަނގެތީ ލިލީގޭ އުމުރުން 33 އަހަރުގެ ޙުސައިން ފާއިޤެވެ.
އިމާމަށް ހަމަލާދޭން އުޅެނިކޮށް އެކަން ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗަކުން ހަމަލާދޭން ފާއިޤް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

