ފަންނުވެރިކަމަކީ އަޅުގަނޑުމެންގެ މެދުގައި އިޙުސާސްތަށް އުފައްދައި، ވިސްނުންތަށް އެކަކު އަނެކަކަށް ބަދަލުކޮށް، އިޖުތިމާޢީ ބަދަލުތަށް ގެނައުމަށް ގެނައުމަށް މަގުފަހިކޮށްދޭ ޛަރިއްޔާއެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން “ރެދަން” ގެ ނަމުގައި އިންތިޒާމްކޮއްގެން ކުރިއަށްގެންދާ އާރޓް އެކްޒިބިޝަން ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، “ރެދަން”، މި ލަފްޒުން ރަމްޒުކޮއްދެނީ އެންމެ އަނދިރި ދަނޑިވަޅުގައިވެސް، ފަންނުވެރިކަމުގެ އަލިކަން އަޅުގަނޑުމެންގެ ދިރިއުޅުމަށް ގެނެސްދޭ ބާރު ކަމަށެވެ.
ފަންނުވެރިކަމަކީ އަޅުގަނޑުމެން އެންމެން ގުޅުވައިދޭ ވަސީލަތެއް. އެއީ އަޅުގަނޑުމެންގެ މެދުގައި އިޙުސާސަތަށް އުފައްދައި، ވިސްނުންތަށް އެކަކު އަނެކަކަށް ބަދަލުކޮށް، އިޖުތިމާޢީ ބަދަލުތަށް ގެނައުމަށް މަގުފަހުކޮއްދޭ ޛަރީޢާއެއް. މައުރަޒުގައި ހުށަހަޅާފައިވާ އައިޓަމްތަކުން ދައްކުވައިދެނީ ޒުވާން ފަންނާނުންގެ ތަފާތު ނަޒަރިއްޔާތަކާއި ތަޖުރިބާތަށް އަދި ދަރިވަރުންގެ އުފެއްދުންތެރިކަން
އެކަމަނާގެ ވާހަކަފުޅު ނިންމާލައްވަމުން މައުރަޒު އިންތިޒާމްކުރެއްވި ބޭފުޅުންނަށްޝުކުރު ޢަދާކުރައްވާ ވިދާޅުވީ، މިއީ، މުސްތަޤްބަލުގެ ފަންނާނުންނަށް އެ ބޭފުޅުންގެ ހުނަރު ދައްކާލުމަށް ލިބުނު ވަރަށް މުޙިއްމު ވަރަށް މުޙިއްމު ފުރުޞަތެއްކަމަށެވެ.
މި އާރޓް އެކްޒިބިޝަން ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި، މިނިސްޓަރ، ޑރ. މަރްޔަމް މާރިޔާގެ އިތުރުން އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

