ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ ލީކްކޮށްލާނެކަމަށް ބުނެ ބްލެކްމެއިލް ކުރި، އއ.މަތިވެރި، ފަޒާ، ޒައިދާން މުޙައްމަދު (19 އ) އިތުރު 10 ދުވަހުގައި ބަންދުގައި ބެެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލާގައި ޒައިދާން ހައްޔަރުކުރީ މި މަހުގެ 14 ވަނަ ދުވަހެވެ.
އޭނާއަކީ މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ރެކްރޫޓް ޕޮލިހެކެވެ.
އޭނާގެ މައްޗަށް ކުރަނީ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ސޯޝަލްމީޑިއާގައި ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި ބްލެކްކުރި ކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޒައިދާން ވަނީ އޭނާގެ ފޯނު ނައްތާލައި، ހެކި ނައްތާލައިފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. މިކަމަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވާ ކަމަށް އަމުރުގައިވެއެވެ.

