ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ވާދޫ އިޒާމް ހޯދުމަށް ފުލުހުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ އިޒާމް ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ގދ. ވާދޫ، ޞަބާހީމަންޒިލް، އިޒާމް ޒާހިރު (25އ) އެވެ.
އިޒާމް ޒާހިރު ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށާއި، ބަންދުގައި ބަހައްޓައިގެން 2024 ނޮވެންބަރު 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މީގެ ކުރިން ފުލުހުން މިގޮތަށް އިޒާމް ހޯދުމަށް އިއުލާން ކުރީ މިމަހުގެ ހަވަނަ ދުވަހއެވެ. އޭރުން ފެށިގެން ފުލުހުން ގެންދަނީ މީނާ ކޯޓަށް ހާޒިރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އިޒާމް ޒާހިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުހުން ވަނީ އެދިފައެވެ.

