މާރާމާރީ ހިންގިކަމަށް ތުހުމަތުގައި ބ. ތުޅާދޫ މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ހޯދަމުން ދަނީ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މުދަލަށް ގެންލުންދީ، މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާމީހެއް ކަމަށެވެ.

އިބްރާހީމް މުޖްތަބާ، އެވަރގްރީން / ބ. ތުޅާދޫ/ފޮޓޯ: ފުލުހުން
އެއީ އިބްރާހީމް މުޖްތަބާ، އެވަރގްރީން / ބ. ތުޅާދޫ (45އ) ކަމަށެވެ. މީނާ ހޯދަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށްކަމަށެވެ. މީނާ ހާޒިރުވާން ޖެހޭނީ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، ޑިސެމްބަރުމަހު 1 ވަނަ .ދުވަހުގެ 10:00 އަށް ކަމަށް ބުނެފައި ވެއެވެ.

