ކުޑަ ކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މާލެއަށް ނިސްބަތްވާ މީހެކެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ހުށަހެޅިފައިވާ ބަޔާންތަކާއި ފޮޓޯތަކުން އެނގޭ ގޮތުގައި އޭނާ ވަނީ ފަތިބުރިއަކުން ކުޑަ ކުއްޖެއްގެ ގައިގައި ޖަހާފައެވެ.
ހެކިބަަސް ދޭން ތިބި ފަރާތްތަކަކީ އޭނާއާ އާއިލީ ގުޅުން އޮތް ފަރާތްތަކަށްވާއިރު، ހުށަހެޅިފައިވާ ބަޔާނުން އެ ފަރާތްތައް އޭނާގެ އަމަލުތައް ހުންނަ ގޮތުން ބިރުވެރިކަމެއްގައި ތިބިކަން އެނގޭތީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް ވުޖޫދުވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

