މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކޮށްފިއެވެ.
ވަގުތީ ނަތީޖާ އިއުލާނުކޮށް އެ ޕާޓީން ނެރުނު އިއުލާނުގައި ބުނީ ވަގުތީ ނަތީޖާތައް އިއުލާނުކުރީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނައި، އެ މަރުކަޒުތަކުގައި އިއުލާނުކުރި ގޮތަށްކަން ކަށަވަރުކުރުމާއެކު އެފަދައިން ކަމަށެވެ.
މި ނަތީޖާއާމެދު އެއްވެސް ޝަކުވާއެއްވާނަމަ އާންމުކޮށްފައިވާ ފޯމު (ލިންކް) މެދުވެރިކޮށް ހެކިތަކާއެކު ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.
ވަގުތީ ނަތީޖާއަށްފަހު މުޅި ރާއްޖޭގައި ބެހެއްޓި 143 ވޯޓު ފޮށީގެ ވޯޓު ކަރުދާސްތަކާއި، ނަތީޖާ ޝީޓުތަކުގެ އަސްލު ޕާޓީގެ އޮފީހަށް ލިބުމުން ހުށަހެޅިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކުރެވޭނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ޕީއެންސީގެ މި އިންތިޚާބުގައި ވަނީ ދާއިރާތަކުގެ ރައީސުންނާއި، ެރައީސުންނާއި، އަންހެނުންގެ ހަރަކާތާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކޮށްފައެވެ.

