އާޙިރަތުގެ މާނައަކީ މިތަނުގަ ހެޔޮގޮތުގަ ދިރިއުޅުމާއެކު މަރަށް ތައްޔާރުވުމެވެ. ދުނިޔޭގައި ދިރިއުޅުމަކީ ދުނިޔޭގެ ދިރުމެވެ. ނަމަވެސް ހަގީގީ ދިރުމަކީ، އާޙިރަތުގެ ދިރުމެވެ. އެދުނިޔޭގެ ދިރުމުގެ ނިމުމެއް ނެތެވެ. މިތާނގައި އޮތީ އިންސާނާ ޖަންނަތު ޙާޞިލުކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ.
ތިބާގެ މަރަށް ފަހު ތިބާގެ އަތުން އެންމެ ފުރަތަމަވެސް ގެއްލިގެން ދާނެ އެއްޗަކީ ތިބާގެ ނަމާއި ދުނިޔޭގެ އުފާތަކެވެ. އެހެނީ ތިބާ މަރުވުމަށްފަހު މީސްތަކުން ބުނެއުޅޭ ބަހަކީ މަރުވެފައިވާ ހަށިގަނޑު، ކޮބާ ހެއްޔެވެ. އެހިދު ތިބާގެ މައްޗަށް ނަމާދު ކުރުމަށް ގޮވާލެވޭނެއެވެ. އަދި ޖަނާޒާއަށް އައުން އެދޭނެއެވެ. ތިބާގެ އަޞްލު ނަމާއި އެނަމުން ބޭނުން ކޮށްފައިވާ ކަންތައް އުވިދާނެއެވެ. ތިބާ ބިމުގެ އަޑީގައި ވަޅުލެވުމަށް ގެނެވޭ ހިނދު ވެސް ގޮވާލެވޭނެ ބަހަކީ.. މައްޔިތާ ގެންނާށެވެ.
ވީމާ މިދުނިޔެމަތީގައި ދުނިޔެ ތިބާއަށް ލިބިފައި ވާ ނަމަކާއި ، ޖާހާއި ނަސަބަކުން، ނޫނީ ލިބިފައިވާ މަތިވެރި މަޤާމަކުން ތިބާ ސަލާމަތް ވާނޭ ކަމަށް ހީވެސް ނުކުރާށެވެ. އެހެނީ އެއީ ނުވާނެ ކަމެވެ. ލިބިފައިވާ ނަމާއި ނަސަބާއި އެއީ އިންސާނާ ދުނިޔޭގައި އުޅޭއި އެއާހެދި އެތައްބައެއްގެ ނަފްރަތާއި ރުޅިއާއި ކުރިމަތިލާންޖެހޭ ކަންތައްތައްވެސް މެއެވެ.
މިޙަޔާތަކީ އެއްވެސް އަގެއްނެތް ހާދަހާ ކުޑަ ޙަޔާތެކެވެ! މިހެން ހިތައްއަރަނީ ކިތައްމީހުންތޯއެެވެ. އަދި މިޙަޔާތަށް ފަހު ދެން އަންނަން އޮތް ޙަޔާތުގެ ބޮޑުކަމާއެވެ. ސުބްޙާނަ ﷲ، ތިބާގެ މައްޗަށް ކުރެވޭނެ ހިތާމަ އާއި ކަރުނައެވެ. ތިބާ ދަންނަ މީހުން އެމީހުން ބުނާނެ ބަހަކީ: "އާނ.. ހާދަ ދެރައެވެ. އެސޮރުވެސް ނިޔާވީއެވެ. ތިބާގެ ރައްޓެހިންވެސް ތިބާގެ މައްޗަށް އެމީހުން ހިތާމަކޮށް ހަދާނީ ގަޑިއިރުކޮޅަކަށްށެވެ. ނޫނީ ދުވަސް ކޮޅަކަށްށެވެ. އެއަށްފަހު އެމީހުން ވެސް އެމީހުންގެ ޢާންމު ދިރިއުޅުމާއިގެން ކުރިޔަށް ދާނެއެވެ. ކިރިޔާވެސް ތިބާގެ ބަޔަކީ ގޭގެ އަހުލުވެރިނެވެ. އެވެރިން ތިބާއަަށްޓަކާއި ފުން ހިތާމަ ކުރާނެއެވެ. އާދެ އެއީ ތިބާގެ ޢާއިލާއެވެ.
އެމީހުން ތިބާގެ މައްޗަށް ދުވަސްތަކެއް، މަސްތަކެއް ނޫނީ އަހަރުތަކެއް ވަންދެން ހިތާމަ ކޮށްފާނެއެވެ. އޭގެފަހުން އާއިލާވެސް ހަނދާންނެތޭނެކަން ޔަގީވެ. ދެން ހަނދާން ކުރާނީ ކާކުތޯއެވެ. ދެން ތިބާ ވާހުށީ ފޮޓޯ އަލްބަމް ތަކުގައި ހަނދާނަކަށް ބެހެއްޓިފައެވެ. އެއީ މިދުނިޔެމަތިން ތިބާއަށް ލިބޭނެ ހަމައެކަނި ފުރުސަތެވެ.
އެހާ ހިސާބުން ތިބާގެ ޙަޔާތް އަދި ތިބާގެ ވާހަކަ ނިމުނީއެވެ. އެހެނެއްކަމަކު އެއީ މީސްތަކުންގެ ގާތުގައެވެ. ނަމަވެސް ތިބާގެ އަޞްލު ޙަޤީޤީ ޙަޔާތާއި ވާހަކަ އަދި އެ ފެށުނީއެވެ. ތިބާގެ އާޚިރަތުގެ ވާހަކައެވެ. ދުނިޔޭގެ އުފަލާއި ލައްޒަތަށް ވިސްނާށެވެ. އެއީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް ދެކޭށެވެ. ހަމަކަށަވަރުން ވެސް ތިބާގެ ޙަޔާތުގައި ތިބާގެ މަތިން ފަހަނައަޅާ އެކަންތައް ދާނެއެވެ. ޒުވާންކަމާއި ރީތިކަމާއި އުފަލާ ކަސްރަތެވެ މުދާލާއި ފައިސާއަކީ ގިނަފަހަރަށް ހަލާކެވެ. ޞިއްޙަތާއި ދަރިންނާއި، ގެތަކާއި ގަނޑުވަރތަކާއި އަނިބިމީހާއި ފިރިމީހާވެސް މިއީ މިދުނިޔޭގެ ވަގުތީ ހިތްހަމަޖެހުމެވެ.
ވިސްނާލާށެވެ. ދުނިޔެ އޮތީއެވެ. ހަމަ ޙަޤީޤަތުގައިވެސް ތިބާގެ އަޞްލު ޙަޔާތް ފެށޭނެއެވެ.
"މަރަކީ ކޮންމެ މަޚްލޫޤަކުވެސް ކުރިމަތިވާނެ ކަމެކެވެ. މިއީ މިއަދު ނޫނީ މާދަމައިންނެވެ. އަބަދުވެސް ތައްޔާރުވެތިބޭށެވެ.
މިހާރު އެންމެ މުހިއްމު ސުއާލަކީ ތިބާގެ އާޚިރަތަށްޓަކައި ތިބާ ރައްކާކުޅައީ ކޮން ޢަމަލުތަކެއް ތޯއެވެ.؟ ޖަވާބު ލިބޭ މީހަކަށް ވުމަކީ ކޮންމެހެން މުހިން ކަމެކެވެ.

