ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގައި ބަރަހަނާ ހާލުގައި އުޅުނު މީހާ މިހާރު އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި، ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގައި، ބަރަހަނާ ހާލުގައި ހުރި މީހަކު ސިނގިރޭޓެއް ބޮމުން ޕާކުތެރޭގައި ހިނގާފައި އުޅޭ މަންޒަރާއި އޭނާގެ ގަމީސް ފެންނަން ހުރީ ސްކޭޓް ޕާކުގެ ފެންސް މަތީގައި އޮތްތަން ފެންނަ އިރު އެދިމާލުގައި ހެލްމެޓަކާއި ދަބަހެއް އޮތްތަން ވެސް ފެނުނެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ބަރަހަނާވެގެން އުޅުނު މީހާއަކީ ދިވެހި ފިރިހެނެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު މިހާރު ވަނީ އޭނާ އާއިލާއާއި ހަވާލުކޮށްފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

