މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން 13 ޑިސެންބަރު ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އެ މިނިސްޓްރީއާއި މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓްރސް އެސޯސިއޭޝަން ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަވީރުގައި ކާބޯތަކެތި ވިއްކުމަށްޓަކައި 5 ސްޓޯލެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން 3 ޑިސެންބަރު ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި https://forms.gle/cLtFEZCRuCjF3fbg7
ލިންކު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

