ސްޓެލްކޯއިން ކ.ގުރައިދޫގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބޭސިކް އިލެކްޓްރީޝަން ކޯހެއް ހިންގައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ގުރައިދޫގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބޭސިކް އިލެކްޓްރީޝަން ކޯހެއް ހިންގީ މިދިޔަ ހަފުތާ ބަންދުގައި ކަމަށެވެ. މި ކޯހުގައި ޖުމްލަ 22 ކަނބަލުންނަށް ކަރަންޓުގެ އެންމެ އަސާސީ މަސައްކަތްތައް ކުރެވޭނެ ތަމްރީނު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން އެ ކުންފުންޏާ ގުޅިގެން އެ ރަށުގެ ރައްޔިތުންނާއި، ސުކޫލް ކުދިންނަށް ޚާއްސަކޮށްގެން ކަރަންޓާ ބެހޭ މައުލޫމާތާއި، ކަރަންޓު އިގުތިސާދުކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން ކަރަންޓު ބިލުތައް ތައްޔާރުކުރެވޭ ގޮތާ ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސުވާލާއި ޖަވާބަށް ހުޅުވާލައިގެން ބޭއްވި މި ސެޝަންއަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

