ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލު ކައިިރި ބޭރު ތޮށިގަނޑާ ދިމާއިން މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި، އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.
އެގޮތުން އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާގެ ބޮލަށް އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

