މާލޭ ކެފޭއެއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމުކޮށްލައިފިއެވެ.
ފުލުހުން ދެންމެ ބުނީ މާފަންނު ޝަހީދު ޢަލީ ގޯޅީގައި ކެފޭއެއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމުކޮށްލި މައްސަލައެއް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއިި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

