އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި ކަމަށެވެ.
މި މައްސަލަ ރިޕޯޓުކުރީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

