ފެނަކީ ދިރިއުޅުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ އެންމެ ފުރަތަމަ ހެނދުނު ފެން ބުއިން މުހިންމެވެ. މި ލިޔުމުގައި މި ހިމެނެނީ ފެން ބުއިމުގެ މުހިންމު ކަމުގެ ވާހަކަތަކެވެ. ހޭލުމަށްފަހު،ފެން ބުއިން އާދައަކަށް ހަދަންޖެހެއެވެ. އެ އާދައިން ޞިއްޙީ ގޮތުން ލިބޭ ފައިދާތަކަށް ބަލާލަމާ ހިގާށެވެ.
ހެނދުނު ފެން ބުއިމަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. ހާއްސަކޮށް ގިނައިރު ނިދާމީހަކު ހޭލެވޭއިރު ޑީހައިޑްރޭޝަން ވުމުގެ އާލާމާތްތަކެއް ހުރެދާނެއެވެ. އެހެންކަމުން ހޭލެވުމުން ޑީހައިޑްރޭޓްވުމުގެ އިހުސާސް ކުރެވޭނަމަ ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން މީހާ ދުވާލުގެ ހަމަޖެހުމަށް ފަސޭހަވެއެވެ. ދުވަސް ރަނގަޅު ގޮތުގައި ފެށުމަށް މީހާގެ ހަރަކާތްތެރިކަން އިތުރުވެއެވެ. ދުވާލުގެ ބުރަ މަސައްކަތަށްފަހު ސިކުނޑީއަށް ބާރު ކުރުމާއި، ބޮލުގައި ރިއްސުމަށް މަގުފަހިވާ ކަންކަމުންވެސް ފެން ބުއިމަކީ ސަލާމަތްވާ ކަމެކެވެ.
ހާއްސަ ގޮތެއްގައި ފެނަކީ މުޅި މީހާގެ ހުރިހާވެސް ކަމެވެ. މީގެ ތެރެއިން އެންމެ ބޮޑު މުހިންމު އެއްކަމަކީ ރީތި ހަންގަނޑެއްގެ ވެރިއަކަށް ވުމަށްވެސް ހުސްބަނޑާއެކު ހުރެ ބޭނުންކުރާ ފެނުގެ މުހިންމު ކަމުންނެވެ. ހަން އޮމާވެ ރީތިވެއެވެ. ހަންގަނޑުގައި ގާތްގަނޑަކަށް 30 އިންސައްތަ ފެން އެކުލެވިގެންވާތީ، ހެނދުނު އެ ފެން ބުއިމަކީ ހަންގަނޑު ތާޒާކޮށް ރީތިކޮށް ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.
ހަކަތަ އިތުރުވުން
ހުސް ބަނޑުގައި ފެން ބުއިމަކީ ލޭގެ ސެލްތަކާއި ގުނަންތަކަށް ފައިދާހުރި ކަމެކެވެ. ޙާއްސަކޮށް މީހާގެ ހަކަތައިގެ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. އަދި ހަޖަމުކުރުން ރަނގަޅުވެއެވެ. ފެން ބުއިމުގެ ސަބަބުން ބަނޑުހައިވުމާއި ހަޖަމުކުރުމުގެ މައްސަލަތަކަށްވެސް އެހީތެރިވެދެއެވެ.
ދިފާއީ ނިޒާމު ރަނގަޅުވުން
ފެން ބުއިމަކީ ދިފާއީ ނިޒާމުގެ ބެލެންސް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ކިޑްނީގައި ހިލަ އުފެދޭ މިންވަރު މަދުވެވެއެވެ. ހެނދުނުގެ ނާސްތާގެ ކުރިން ފެން ބުއިމަކީ ގެއްލުންހުރި ބެކްޓީރިއާތައް އުފެދުން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ.

