އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން، އެ އަންހެން މީހާގެ ނަމުގައި ފައިސާ ހޯދަމުންދިޔަ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އެ އަންހެން މީހާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިިސާ ހޯދަމުންދާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް މި މައްސަލާގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ފޭސްބުކް އެކައުންޓު ހެކްކޮށްގެން އެކި މީހުންނަށް މެސެޖުކޮށް ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގަައި ގިނަކަން ފާހަގަކޮށްލެވެއެވެ.

