ކާރެއްގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ބުރުޒު މަގު، ސިނަމާލޭ 01 ޕާކިންގ ޒޯނުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ނޮވެމްބަރު 25 ވަނަ ދުވަހުގެ 18:25 ހާއިރު އަލިފާން ރޯކޮށްލާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ.އަރާރަތްކުރި ޚާލިދު މަޙްމޫދޫ (35 އ) އާއި، ބުލޫވިންޑް، އދ.މާމިގިލި ޙަސަން ނަސީމް (31 އ) ކަމަށާއި، މި މައްސަލާގެ ތުހުމަތުގައި އެ މީހުން ހައްޔަރުފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

