މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އެ ސަރަހައްދުތަކަށް ހުދު ސަމަާލު ނެރެފައިވަނީ މިއަދު 11:30 އިން ހަވީރު 17:30 އަށެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 19 – 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް މެޓް އޮފީހުން ބުނެފައިވާ ގޮތުން، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ. ނަމަވެސް އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ.
ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުން އަންނަ މަހުގެ 01 އާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ.

