ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " ފިރިހެން ޑިވިޝަންގެ ނުވަވަނަ ވަނަ މެޗުގައި ކެޕިޓަލް ސިޓީ އަދި ގއ ކަނޑުހުޅުދޫ ވާދަކުރި މެޗް ކެޕިޓަލް ސިޓީން ކާމިޔާބު ކޮށްފިއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗް ކެޕިޓަލް ސިޓީން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުން މޮޅުވި ކެޕިޓަލް ސިޓީއަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރު ވެފައެވެ.
މެޗުގެ ފުރަތަމަ ސެޓު ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މިސެޓުން ދެޓީމުގެ ފަރާތުން ބާރު ޝޮޓު ތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ސެޓު 29/27 އިން ކާމިޔާބު ކުރީ ކެޕިޓަލް ސިޓީއެވެ.
މެޗުގެ ދެވަނަ ސެޓުގައި ކަނޑުހުޅުދޫ ޓީމަށް މާއެދެވޭ ކުަޅުމެއް ނުދެއްކުނެވެ. ބަދަލުގައި ކެޕިޓަލް ސިޓީން ބާރު ޝޮޓުތަކާއި އެކު ރަނގަޅު ނިންމުންތަކެއް ނިންމާފައިވެއެވެ. މި ސެޓު 25/16 އިން ކާމިޔާބު ކުރީ ކެޕިޓަލް ސިޓީ އެވެ.
މެޗުގެ 3 ވަނަ ސެޓު ފަށައިގެން ކަނޑުހުޅުދޫ އިން ރަނގަޅު ނިންމުންތައް ނިންމައި ބާރު ޝޮޓުތަކެއް ކާމިޔާބުކުރިއެވެ. އަދި ކެޕިޓަލް ސިޓީގެ ތަފާތަކީ އެޓީމްގެ ޖާޒީ ނަންބަރު 8 އަހުމަދު އަޒީމްއެވެ. އަޒީމްގެ ބާރު ޝޮޓުތަކުން މި ސެޓު
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޕިޓަލް ސިޓީގެ ޖާޒީ ނަންބަރު 8 އަހުމަދު އަޒީމްއެވެ. އަޒީމް ވަނީ މި މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ.
މި ގުރޫޕުން ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ކުރީ ދާންދޫ ސްޕޯޓްސް ކުލަބެވެ. ގުރޫޕުގައި ބާކީ 1 މެޗު އޮތްއިރު މި މެޗުގައި ވާދަކުރާނީ ދާންދޫ ސްޕޯޓްސް ކުލަބު އަދި ވިލިނގިލީ ވޮލީ ކުލަބެވެ. މި މެޗުން ދާންދޫ ސްޕޯޓްސް ކުލަބު މޮޅު ވެއްޖެ ނަމަ ގުރޫޕުގެ އެއްވަނަ ލިބޭނެއެވެ.
މުބާރާތުގައި މާދަމާ ރޭ ފޯރިގަދަ މެޗެއް ކުޅުމަށް ވަނީ ތާވަލު ކުރެވިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބޮންބޮން ސްޕޯޓްސް ކުލަބު ނިކުންނާނީ ވާދަވެރި ޓޮޕް ބްރަދާސް އާއި ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގުރޫޕުގެ އެއްވަނަ ލިބޭނެއެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

