އަންނަ ޑިސެމްބަރު 01 އިން 30 އަށް އެ ކޯޓުން ރިސެސްއަށް ދާން ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން މިރޭ ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ މި ރިސެސްގައި މައިގަނޑު ގޮތެއްގައި ތަފާތު ދާއިރާތަކުން ކޯޓުގެ ގާޒީންނާއި، މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމުތައް ހިނގުމާއި، ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރިސެސްގެ މުއްދަތުގައި މައްސަލަ ހިންގުން މަދު ކުރެވުނު ނަމަވެސް، ކައިވެނި އަގުދުކޮށްދިނުމާއި، ޚަރަދު ފައިސާ ބަލައިގަނެ ދޫކުރުމާއި، ފަސްކުރެވެން ނެތް ބާވަތުގެ މައްސަލަތަކާގުޅޭ ޝަރީއަތްތައް ހިންގުމާއި، އަމުރު ނެރުންފަދަ މަސައްކަތްތައް ކޯޓުން ކުރާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
އެ ކޯޓު ރިސެސްއަށްދާއިރު، މިއަހަރު މިހާތަނަށް ކޯޓަށް ހުށަހެޅުނު މައްސަލަތަކަށްވުރެ، ކޯޓުން މިއަހަރު މިހާތަނަށް ބަލައި ނިންމި މައްސަލަތަކުގެ އަދަދު ގިނަކަން ފެމިލީ ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

