ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބަސެޑަރ މިސްޓަރ ހިއުގޯ ޔޮންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނީ މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި މައިގަނޑު މައުޟޫއުތަކުގެ ތެރޭގައި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމާއި، އަދި އެހެނިހެން އިގުތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
މީގެއިތުރުން މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާމެދު ވެސް މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، މުސްތަގުބަލުގައި އިތުރު ގުޅުންތައް ގާއިމުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

