ބޭނުންވާ ތަކެތި
- 1 ޖޯޑު ފުށް (ސެލްފްރެއިސިން)
- 100 ގްރާމް ބަޓަރު
- 1/2 ޖޯޑު ހަކުރު
- 1 ސަމުސާ ބޭކިންގ ޕައުޑަރ
- 4 ސަމުސާ ހިކިކިރު
- 2 ސަމުސާ ކޮކޯޕައުޑަރ
- 3 ބިސް
ޗޮކޮލެޓް ސޯސް؛ ބޭނުންވާ ތަކެތި
- 90 ގްރާމް ޑާކް ޗޮކްލެޓް
- 3 ސަމުސާ ފެން
ތައްޔާރުކުރާނެ ގޮތް
ފުށާއި ހިކިކިރު ކޮކޯޕައުޑާ އަދި ބޭކިންގ ޕައުޑާ އެއްކޮށް ފުރާނާލާފައި، ބެހެއްޓުމަށް ފަހު،ބަ ޓަރާއި ހަކުރު އެއްކޮށް ގިރާލާށެވެ.
ގިރާފައި ހުރި ބަޓަރާއި ފުށާއި ފަހަރަކު ބިހެއް އެއްކުރަމުން ގިރާލާށެވެ.
ޓްރޭއެއްގައި ބަޓަރު ހާކާލާފައި ޓްރޭ އަށް ފުށގަނޑު އަޅާފައި އާވިން ކައްކާލާށެވެ. ނުވަތަ އަވަނުން ފިހެލާށެވެ.
ކޭކު ފިހެވުމުން ނަގާފައި، ހިހޫވުމުން، ޗޮކޮލެޓް ސޯސްއަށް ބޭނުންވާ ދެބާވަތް ހޫނުކޮށްގެން ދިޔާކޮށްފައި ކޭކު މައްޗަށް އަޅާލާށެވެ.

