މާޒީގައި ކިތަންމެ، ފާފަކުރުން ގިނަ،ވިމަވެސް، އިސްލާޙުވެ، ދީނާއި އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނެފައިވަނީ އަލްޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅުން ވިސްނާ ފިކުރު ހިންގުމަށާއި، އެކަލާނގެ މި އުންމަތަށް ކައުކުރެއްވި ނަބިއްޔާ ގެ އަޞްޙާބުންނަކީ އުންމަތް ދެކެފައިވާ ރަންމުތްތަކެއްފައިދަ ބޭކަލުން ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް ދިހަ ބޭކަލަކު ޚާއްޞަކުރައްވައި އެ ބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވި ކަމަށެވެ. އަލްޚުލަފާއުއްރާޝިދޫންއަކީ، މާތް ނަބިއްޔާގެ ޚަލީފާކަން ކުރެއްވި ހަތަރު އަޞްޙާބުބޭކަލުންކަމުގައިވާ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ) އާއި، عُمَرُ (رَضِيَ اللّٰهُ عَنْهُ) އާއި، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އާއި عَلِي (رَضِيَ اللّٰهُ عَنْهُ) މި ހަތަރު ބޭކަލުންގެ ތެރެއިންވާ ބޭކަލެއް ކަމަށެވެ.
އެބޭކަލުންނަށް ތަބާވުމަށް އިރުޝާދުދެއްވައިފައިވާ އެޔާތްޕުޅުތަކުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ނަމަވެސް ދީނީ ކަންކަމަށް ފަރުވާކުޑަ ނުވުން ކަމަށެވެ. އަދި އެފަދަ މީހެއްކަމުގައި ވިޔަސް، އިސްލާޙުވެ، ދީނަށާއި، އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއްކަމަށެވެ. އަދި އެހައި ފަސޭހައިން މީސްތަކުންނާ މެދު އުންމީދު ކަނޑައިލައިގެން ނުވާނެ ކަމަށެވެ.
ދީނާ ދުރު ވިސްނުންތައް ގެންގުޅޭ މީސްތަކުންނާ މެދު ވެސް ހެޔޮގޮތުގައި އަމަލުކުރުމަށާއި، ޒިންމާއަކީ، ހެޔޮ ގޮތުގައި ވާހަކަދައްކައި، ނަސޭހަތް ދީ، ޝަރުޢީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި، ހެޔޮ މަގު ދައްކައިދީ، ﷲއާ ވަކީލުކުރުން ކަމަށެވެ. އެހެނީ ހިދާޔަތުގެ މަގަށް ތައުފީޤު ދެއްވާނީ ﷲ سُبْحَانَهُ تَعَالَى ކަމަށެވެ. ހަމަ އެހެންމެ، ތިބާއަށް ފާފަކުރެވުމަކީ، އިސްލާޙުގެ މަގާ މެދު ތިބާ މާޔޫސްވާން ވީ ސަބަބެއް ނޫން ކަމަށާއި، ކިތަންމެ ބޮޑެތި އަދި ކިތަންމެ ބައިވަރު ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިސްލާޙުވާން ބޭނުންވާ މީހަކަށް މަގު ފަހިވެފައިވާކަން މާތް ﷲ ވަނީ އަންގަވައިފައިވާ ކަމަށެވެ.
އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْـخُلَفَاءِ الرَّاشِدِيْنَ الْمَهْدِيِّيْنَ)([1]) މާނައީ: “ފަހެ، ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތުގައި ހިފުމެވެ. އަދި ތެދުމަގު ލިބިގެންވާ އަލްޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ހިފުމެވެ.” މި ބޭބޭކަލުންގެ ސުންނަތުގައި ހިފުމަށް ޓަކައި އެ ބޭކަލުންގެ ޙަޔާތްޕުޅަށް ނަޒަރު ހިންގައި، އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުން ވަރަށް މުހިންމު ކަމަށްވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަހަރެމެން ވެސް އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކާން ޖެހޭނެއެވެ. މީހަކު، އެ މީހެއްގެ ކޮށި ވިސްނުން ޙުއްޖަތަކަށް ހަދައި، މުސްލިމުންގެ ސިކުނޑި ދޮވެލުމަށް ޓަކައި ދައްކާ ވާހަކައަކުން، ޤުރްއާނާއި ސުންނަތުން ސާބިތުވާ، އިސްލާމް ދީނުގެ އަސާސަކާ މެދު ޝައްކު އުފައްދައިގެން ނުވާނެ ކަމަށެވެ.
ދެވަނަ ޚަލީފާއަކީ عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ) ކަމަށާއި، އެކަލޭގެފާނަކީ، އިސްލާމްވެވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާ zގެ މައްޗަށް އެންމެ ޢަދާވާތްތެރި އެއް ބޭކަލެއް ކަމުގައެވެ. އުރައިން ކަނޑި ދަންމަވައިގަނެ، ﷲގެ ނަބިއްޔާ z ޤަތުލުކުރުމަށް އެކަލޭގެފާނު ވަޑައިގަތް ކަމަށާއި، ނަމަވެސް، ﷲ تَعَالَى އެކަލޭފާނަށް ހިދާޔަތް ދެއްކެވުމާ އެކު، ދީނުގެ ދިފާޢުގައި ވަގުތުން މަސައްކަތް ފެށްޓެވި ކަމަށެވެ. އަދި ގުނައި އަދަދު ނުކުރެވޭހައި ގިނަގުނަ ޚިދުމަތްތަކެއް އިސްލާމްދީނަށް ކުރައްވައި ގިނަގުނަ ނަޞްރުތަކެއް ހޯއްދަވައިދެއްވިއެވެ. އެކަލޭގެފާނު ވެވަޑައިގަތީ ސިޔާސީ ދާއިރާއާއި ދައުލަތް ހިނގުމުގެ ގޮތުން ވެސް މުޅި އިސްލާމީ ދައުލަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫޙާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރެއްގެ ގޮތުގައި ކަމަށެވެ. ޝައިޠާނާ ވެސް ޢުމަރުގެފާނު ހިންގަވާ މަގަކުން ހިނގާން ޖެހިއްޖެ ނަމަ، މަގު ބަދަލުކުރާކަމުގައި މާތް ނަބިއްޔާ ޙަދީޘްކުރައްވައިވެއެވެ.
عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ)ގެ ޙަޔާތްޕުޅުން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަމުގައި ވިޔަސް، އިސްލާޙުވެ، ދީނަށާއި، އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއްކަމަށެވެ. އަދި
عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ފާހަގަކުރެވެނީ އަޚްލާޤީ ރިވެތި ސިފަތައް ލިބިވަޑައިގެންވާ ލަދުވެތި ބޭކަލެއްގެ ގޮތުގައެވެ. މަލާއިކަތުން ވެސް އެކަލޭގެފާނު ދެކެ ލަދުވެތިވެވަޑައިގަންނަވާކަމުގައި ރަސޫލު ﷲ z ހަދީޘްކުރައްވައިފައި ވެއެވެ. އިސްލާމީ އަޚުލާޤިއްޔާތުގެ މި ރިވެތި ސިފަތަކާ އެކު، އެކަލޭގެފާނަކީ ނަބިއްޔާގެ ދެ ދަރިކަނބަލަކާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިވަޑައިގަތް ހަމައެކަނި ޞަޙާބީއެވެ. އެހެންކަމުން އެކަލޭގެފާނަށް ޛުއްނޫރައިން ނުވަތަ ދެނޫރުގެ ވެރިޔާގެ ލަޤަބު ލިބިވަޑައިގަތެވެ.
މިއި ދުނިޔެ ދެކެފައިވާ ހަގީގަތެވެ. ދީނުގެ ދިފާޢުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. ޒަމާނާއެކު އަންނަ ގޮންޖެހުންތަކާ، ކެރިގެން ކުރިމަތިލާ ބަޔަކަށް ވާންޖެހެއެވެ. ކަޅު ފޮއި ރެއެއްގެ އަނދިރިކަން ފަދަ ފިތުނަވެރި ދުނިޔެއެއްގައި އަހަރެމެން ދިރިއުޅެމުންދާ އިރު، ޙައްޤު މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރާންޖެހޭ ބައެއް ކަމަށްވުމަށް ޚުތުބާގައިވަނީ ގޮވާލައްވާފައެވެ.

