ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަަދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގަތީ މިއަދު ހަވީރެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގަތީ މިމަހުގެ 20 ވަނައަށްވީ ބުދަ ދުވަހުގައެވެ.
ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވި ދުވަހު، ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރައްވާނީ ރައީސް އަމިއްލަފުޅަށެވެ. އޭގެ ތެރޭގައި އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާ އާއި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

