ކާރެއްގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އަންނަނީ ބުރުޒު މަގު، ސިނަމާލޭ 01 ޕާކިންގ ޒޯނުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ނޮވެމްބަރު 25 ވަނަ ދުވަހުގެ 18:25 ހާއިރު އަލިފާން ރޯކޮށްލާފައިވާ މައްސަލައެއް ތަހުގީގުކުރަމުންނެވެ.
މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ.އަރާރަތްކުރި ޚާލިދު މަޙްމޫދޫ (35 އ) އާއި، ބުލޫވިންޑް، އދ.މާމިގިލި ޙަސަން ނަސީމް (31 އ) އެވެ.
މި މައްސަލާގެ ތުހުމަތުގައި އެ މީހުން ހައްޔަރުފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ދެ މީހުން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

