މަކުނު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެއެވެ. ކުދިކުދި ފައިތަކެއްގެ ގޮތަށް ހުންނަ މި ދިރޭއެއްޗަކީ ބައެއްމީހުން ވަރަށް ބިރުގަންނަ އެއްޗެކެވެ. ދުނިޔޭގައި ހުރި އެންމެ ބިރުވެރި މަކުނުތަކުގެ ވާހަކަތަކަށް ބަލާލަމާ ހިގާށެވެ.
ދެކުނު އެމެރިކާގެ ރެއިންފޮރެސްޓްތަކުގައި އުޅޭ މަކުނުތަކުގެ ވާހަކައަށް ބަލާލާއިރު، މި މަކުނުގެ ހަށިގަނޑުގެ ދިގުމިނަށް (13 ސެންޓިމީޓަރު، 5.1 އިންޗި) އަދި (ބަރުދަނުގައި 175 ގްރާމް؛ 6.2 ހުރެއެވެ. މިއީ ދުނިޔޭގައި އެންމެ މަޝްހޫރު މަކުނުތަކެވެ.
މި ދިރޭ މަކުނުގެ އެކިތަކެއްޗަށް ބަލާއިރު މޯސްޓް ވެނޮމަސް” މަކުނަކީ އިންސާނުންނަށް އެންމެ ވިހަ އެއްޗެކެވެ. އެއީ ބައެއް ވިހަގަދަ މަކުނުގެ ބާވަތްތަކުން އޭތި ވަށައިގެންވާ އެކި މަކުނުތަކަށް ބަލާއިރުވެސް އެކި މިންވަރަށް ވިހަކަން ދައްކުވައިދޭތީއެވެ.
މި ބާވަތުގެ ތެރޭގައި ފަނަލް-ވެބް ކިޔާ މަކުނެއްވެސް އުޅެއެވެ. އެއީ އޮސްޓްރޭލިއާގެ ސިޑްނީއަށް ނިސްބަތްވާ މަކުނުތަކެކެވެ. މި މަކުނު އުޅެނީ ގަސްގަހާގެއްސާއި، ފަތްޕިލާވެލީގެ ދަށުގައްޔާއި، ބަގީޗާތަކުގައިވެސް ދަށުގައެވެ.
މި ބިރުވެރި މަކުނުގެ ވަށައިގެންވާ ފައިތަކުން ކަށިޖަހައިފިނަމަ ހޭނެތިގެން ދިއުމަށް މަގުފަހިކޮށްދެއެވެ. އޮސްޓްރޭލިއާގައި ފަނަލް-ވެބް މަކުނުގެ ގިނަ ބާވަތްތަކެއް ހުރި ނަމަވެސް އިންސާނުން މަރުވަނީ ހަމައެކަނި ފިރިހެން ސިޑްނީ ފަނަލް-ވެބްތަކުން ކަމަށްވެސް ސައިންސް ވެރިން ބުނެއެވެ.
މި މަކުނުތަކުގެ ތެރޭގައި ލޭ ބޯ މަކުނެއްވެސް ވެއެވެ. އެއީ “ވެމްޕަޔަރ ސްޕައިޑާ” އެވެ. މިތަކެތި ފެންނަނީ ކެންޔާގެ ލޭކް ވިކްޓޯރިއާ އާއި ޔުގެންޑާގެ ވަށައިގެންވާ ސަރަހައްދުތަކުންނެވެ.

