ބިލެއް ބައިއަޅައިގެން މަސްވެރިންނަށް ފައިސާދީފައި ނުވާނެ ކަމަށް މިފްކޯ އިން ބނެފިއެވެ.
މިފއކޯއިން މިހެން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި މަސްވެރި ކަން ކުރަމުންދާ ދޯންޏެއް ވިއްކާލަންޖެހިފައިވާ ކަމަށް ދޯނީގެ ކެޔޮޅު ބުނަމުންދާ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން އެއަށް ރައްދު ދެއްވަމުންނެވެ.
އެވީޑިއޯގައި ކެޅު ބުނެފަިއވަނި މަސްވެރިންނށް ހަމައަގު ނުލިބޭ ކަމަށާއި، ދޯނި ވިއްކާލުން ނޫން ގޮތެއް ނެތް ކަމަށެވެ.
ބިލުގެ ފުލް އެމައުންޓު ދެއްކުމުން ކޫއްޑޫ އަދި އައްޑޫ ސައިޓަށް 15 ނޮވެމްބަރުގެ ނިޔަލަށް ކިރި މަހުގެ ބައި ނިމުނީ ކަމަށާއި، އެ މުއްދަތުގައި ފެލިވަރު ސައިޓަށް ކިރި މަހުގެ ޕޭމެންޓް ނިންމަދޭން އުޅ ކަމަށެވެ.
“އަހަރެމެން ދެނީ ބިލުގެ އެއްބައެއް ނޫނޭ” މިފްކޯ
މިފްކޯ އިން މިހެން ބުނެފައިވާއިރު ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްވެރިން ކިރާފައިވާ މަހަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މި މަހު 27 ގައެވެ.
މިފްކޯއިން 2023 ވަނަ އަހަރުގެ ނޮވެމްބަރ 17 އިން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހަށް މަސްވެރިންނަށް 918 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް ވަނީ ހާމަ ކޮށްފައެވެ. އެއީ ޖުމްލަ 50،588 މެޓްރިކް ޓަނަށްވާ ފައިސާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

