ގއ.އަތޮޅު، މޯލްޑިވްސް – މާކިއުރ މޯލްޑިވްސް (ކޫއްޑޫ ރިސޯޓުން) އެ ސަރަޙައްދުގެ ޔުނިކް ރެސިޑެންޓް ޑޮލްފިން އާބާދީތަކަށް (މަދުން އާލާވާ ކޯމަހުގެ އާބާދީ އަށް) ޚާއްޞަ ސަމާލުކަމެއް ދީގެން ގއ.އަތޮޅުގެ ޓްރޮޕިކަލް މެރިން އިކޯސިސްޓަމްތަކާ ބެހޭ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އެމް.އާރް.އެޗް.އީ ސެންޓަރާއި ގުޅިގެން ކުރިއަށްދާން ނިންމައިފިއެވެ.
މާކިއުރ މޯލްޑިވްސް (ކޫއްޑޫ ރިސޯޓުން) ބުނީ މި ދިރާސާ ފަށާނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
މިދިރާސާ ގުޅިގެން ކުރިއަށްދާ ޕާޓްނަރޝިޕްގެ ސަބަބުން ދިރާސާ ކުރާ ފަރާތްތަކާއި، ހޯދާ ފަރާތްތަކަށް މައުލާމާތު ލިބުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ސައިންސްވެރިން ޑޮލްފިންގެ ބާވަތްތައް ދެނެގަނެ، އާބާދީގެ އޮނިގަނޑުތައް ބެލެހެއްޓި މޮލިކިއުލާ އިކޮލޮޖީ ޓެކްނިކްސް ބޭނުންކޮށްގެން އެ މީހުންގެ ވައްޓަފާޅިތައް ދިރާސާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން މުރަކައާއި، ފަރުތަކަށްވެސް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ކަނޑުގެ ތިމާވެށީގެ ދިރުން ހިމާޔަތް ކުރެވޭނެހެން ކުރިއަށްދާ ދިރާސާއެއް ކަމަށްވެސް އެ ރިސޯޓުން ބުނެއެވެ.
އެ ޕާޓްނަރޝިޕަކީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ތިމާވެށީގެ ނިޒާމުތައް ދެނެގަނެ ހިމާޔަތްކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ތިމާވެށީން ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ގެނެސްދެވޭނެ ނިންމުމެއް ކަމަށްވެސް ބުނެއެވެ.

މާކިއުރ މޯލްޑިވްސް ކޫއްޑޫ ރިސޯޓު
މާކިއުއާ މޯލްޑިވްސް ކޫއްޑޫ އަކީ ތަފާތު 7 ކެޓަގަރީއަކަށް ބަހާލައިގެން 68 ވިލާ ލިބޭ ބުޓިކް އެޑަލްޓްސް އޮންލީ ރިސޯޓެކެވެ. އެ ރިސޯޓަކީ ޑޮމެސްޓިކް އެއާޕޯޓްތަކުން ގއ.ކޫއްޑޫ އެއާރޕޯޓްއަށް 50 މިނެޓުގެ ތެރޭގައި އުދުހުންތަކުން ދަތުރުކުރެވޭނެ ރިސޯޓެކެވެ. އަދި މި ރިސޯޓުން ދިވެހި ތަރިކައާއި އެކި ހޯދުންތަކުގެ އަސްލު ފެންނަނާނެ ކަމަށާއި ގައުމީ ފެންވަރުގެ ކެއުންތަކާއެކު ހިދުމަތް ދެވޭ ރިސޯޓެއް ކަމަށްވެސް ބުނެފައި ވެއެވެ.

