މަސްވެރިންގެ ދުވަހާ ގުޅިގެން ފައިސާގެ އިނާމު ލިބޭ، ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ޑިސެމްބަރު މަހުގެ 10ވާ މަސްވެރިންގެ ދުވަހާ ގުޅިގެން އެކި ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަަން މީގެ ކުރިންވެސް ވަނީ އިއުލާން ކޮށްފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައިވާ ކަަމަށެވެ.
އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ހުޅުވާލާފައި ވަނީ ޑިސެމްބަރު 3 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ.
މި މުބާރާތުމް ތިން ވަނައެއް ހޮވައި އެ ތިން ފަރާތަށްވެސް ފައިސާގެ އިނާމު ދޭން ވަނީ ނިންމާފައެވެ. އެގޮތުން
- އެއް ވަނަ ދާ ފަރާތަކަށް 10،000ރ.
- ދެވަނައަށް ދާ ފަރާތަކަށް 7،000ރ.
- ތިން ވަަނައަށް ދާ ފަރާތަކަށް 5،000ރ.ގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

